ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް)އިން މި ދިޔަ އަހަރުގެ ދެވަނަ ޓާމުގައި ދަސްވެނވިވި ދަރިވރަުންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. އައިޔޫއެމްއިން ދޭ ޝަރަފުވެރި ކަމުގެ އިނާމް އެ ޔުނިވަރސިޓީން ހަ ދަސްވެނީންނަށް ލިބުނެވެ. އައިޔޫއިން މިދިޔަ އަހަރު އެކި ފެންވަރުގެ ކޯސްތަކުން 588 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެއީ، ސެޓްފިކެޓް ފެންވަރުގެ 416 ދަރިވަރުންނާއި ޑިޕްލޮމާ ފެންވަރުގެ 2 ދަރިވަރުންނާއި ބެޗްލަރސް ޑިގްރީގެ 78 ދަރިވަރުންނާއި ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާގެ 3 ދަރިވަރުންގެ އިތުރުން މާސްޓަރސް ފެންވަރުގެ 89 ދަރިވަރުންނެވެ.
ފޮޓޯ: އައިޔޫއެމް

ހިޔާލު