ދިރާސީ އައު އަހަރުގެ ކިޔެވުން ފެށީ ސަރުކާރުގެ 219 ސްކޫލެއްގައި 80،715 ދަރިވަރުންނާއެކުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ފޯރުކޮށްދީފައިވާ މައުލޫމާތަށް ބަލާއިރު، ހުޅުމާލޭގެ ދެވެނަ ފިޔަވަހީގައި ހުޅުވާ ޝަހީދު އަލީ ސްކޫލާއެކު ސަރުކާރުގެ 219 ސްކޫލެއްގައި ކިޔަވައިދެމުން ގެންދާނެއެވެ. ކިޔަވައިކުދިންގެ އާބާދީއަށް ބަލާއިރު ދިރާސީ އައުއަހަރު 80،715 ކުދިން ސްކޫލުތަކަށް ކިޔަވަންދާނެއެވެ. ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ އަދަދަކީ 9،952 އެވެ. މީގެ ތެރޭގައި 8000 ދިވެހި މުދައްރިސުން ހިމެނެއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ހާމަކުރި ތަފާސް ހިސާބު ތަކަށް ބަލާއިރު، ދިރާސީ އައު އަހަރު ގުރޭޑް 1އަށް 4790 ދަރިވަރުން ވަދެފައިވެއެވެ. އެއީ އަތޮޅުތަކުގެ ސްކޫލުތަކަށް ވަން 3042 ދަރިވަރުންނާއި މާލެ ސަރަޙައްދުގެ ސްކޫލްތަކުގައި ގްރޭޑު 1 އަށް ވަން 1748 ދަރިވަރުންނެވެ. ކިޔެވުން ފަށާއިރު މި އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުން މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވުމަށް އެދިފައިވެއެވެ. މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް ބަދަލުވުމަށް އެދިފައިވަނީ 836 ދަރިވަރުންނެވެ.
އަބާދީގެ ނިސްބަތުން ގިނަ އަދަދެއްގެ ދަރިވަރުން މާލޭގެ ސްކޫލްތަކުގައި ކިޔަވަމުން ގެންދެއެވެ. ތިރީގައިވަނީ އައު އަހަރުގެ ފުރަތަމަ ދުވަހުގެ މާލޭގެ ބައެއް ސްކޫލުތަކުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ފޮޓޯތަކެވެ،

ހިޔާލު