ޕޯޓް މެނޭޖްމަންޓްގެ ދާއިރާގެ ރާއްޖޭގެ ފުރަތަމަ ޑިގްރީ ކޯސް ހިންގަން ސޮއިކުރުން

ޕޯޓް މެނޭޖްމަންޓްގެ ދާއިރާގެ ރާއްޖޭގެ ފުރަތަމަ ޑިގްރީ ކޯސް ހިންގަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގެ ދަށުން އެމްޕީއެލް އާއި އެމްއެންޔޫ ގުޅިގެން ހިންގާނީ މޯލްޑިވްސް ކޮލިކޭޝަން އޮތޯރިޓީގެ އެކްރެޑިޓޭޝަން އެޕްރޫވްކޮށްފައިވާ ޕޯޓް މެނޭޖްމަންޓްގެ ޑިގްރީ ކޯހެކެވެ.

އެމްޕީއެލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފަހުމުނާމާގައި، އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރު މުހައްމަދު މުއީނެވެ.

ހިޔާލު