އެފްއޭގެ ދިވެހި ދުވަސް ފާހަގަކުރުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ކޮންމެ ސެމިސްޓަރަކު ފާހަގަކުރަމުން އަންނަ ދިވެހި ދުވަސް އިއްޔެ މާލޭ ސިޓީ ކެންޕަހުގައި ވަނީ ފާހަގަކޮށްފައެވެ. ޔުނިވަރސިޓީގެ އެކި ކޯސްތަކުގައި "ދިވެހި ފޮރ ޕްރޮފެޝަނަލް" މާއްދާ ކިޔަވަމުން އަންނަ ދަރިވަރުންގެ މެދުގައި ބޭއްވި ދިވެހި ދުވަހު، 160ށް ގިނަ ދަރިވަރުން ބައިވެރިވި އިރު ތަފާތު 8 މުބާރާތެއް ވަނީ ބާއްވާފައެވެ. އެއީ ބޮޑުއަކުރު ލިޔުމާއި، އަތުލިޔުމާއި ބަސްތޫރަ މުބާރާތާއި ފާރުނޫސް މުބާރާތާއި ރެސިޕީ ހުށަހެޅުމާއި ހުނަރު ހުށަހެޅުމުގެ އިތުރުން ލުއިކާވާދަ މުބާރާތެވެ.

ހިޔާލު