ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޕްރިންސިޕަލް ކޮންފަރެންސް މިއަދު ވަނީ ހުޅުއްވައި ދެއްވާފައެވެ. މި ކޮންފަރެންސް ކުރިއަށް ދަނީ ކްރެސްރޯޑްގައި މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. މި ކޮންފަރެންސްގައި 210 ޕްރިންސިޕަލުންވަނީ ބައިވެރިވެއެވެ.
ހުރިހާ ޕްރިންސިޕަލުން ބައިވެރިވާ މި ކޮންފަރެންސަކީ ތައުލީމީ ދާއިރާއަށް ގެންނަން ޖެހޭ ބަދަލުތަކާއި މިހާރު އަމަލުކުރަމުންދާ ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ އެކަންކަން ރަނގަޅު ކުރުމުގެ ބޭނުމުގައި ބާއްވާ ކޮންފަރެންސެކެވެ.
ފޮޓޯތައް: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ހިޔާލު