އީޖާދީ ޚިޔާލުތަކުގެ ވިޔަފާރިއެއް ފަށަން "އެމްއެންޔޫ އިނޮވޭޓްހަބް"ގެ މާލީ އެހީއަށް އެދުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ފުރުޞަތު އެ ޔުނިވަރސިޓީން ހުޅުވާލީ ވޯލްޑް ކުރިއޭޓިވިޓީ އެންޑް އިނޮވޭޝަން ދުވަހާ ގުޅުވައިގެންނެވެ. ފްރޮޕޯސަލް ހުށައަޅާން ޖެހެނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ރޭ 11.59 ކުރިންނެވެ.
އިނޮވޭޓްހަބަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އުފައްދާފައިވާ އީޖާދީ ޚިޔާލުތަކާއި ވިޔަފާރީގެ ކުރިއެރުން އިތުރުކުރުމަށް މަގުފަހިކޮށްދޭ ޕައިނިއަރިންގ އިނީޝިއޭޓިވްއެކެވެ. އެމްއެންޔޫގެ އިނޮވޭޓްހަބް ލޯންޗް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.
ފޮޓޯ: އެމްއެންޔޫ
ހިޔާލު