މި އަހަރުގެ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާޓްސްއިން ބޭއްވި މުބާރާތްތަކުގެ ނަތީޖާ ވަނީ ފާޅުކޮށްފައެވެ. ގައުމީ ޔުނިވަރސިޓީގެ މައި ކެންޕަހުގައި ބޭއްވި ނަތީޖާފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ދިވެހިބަހުގެ ދުވަހު ބޭއްވި މުބާރާތްތަކުން 1ވަނަ ހާސިލުކުރި ދަރިވަރުންނަށް އިނާމު ބައްސަވައިދެއްވީ ވެސް މިނިސްޓަރު އާދަމް ނަޞީރު އިބްރާހީމެވެ.
ފޮޓޯ: އެމްއެންޔޫ
ހިޔާލު