ތިމާވެއްޓާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އެންދެރި މަޝްރޫއުން ތިމާވެށީގެ ދާއިރާއިން ޑިގްރީއަށް ކިޔަވަން 12 ދަރިވަރަކަށް ސްޕޮންސަރ ހަމަޖައްސައި ލިޔުންދީފައެވެ.
އެންދެރި މަޝްރޫއުން ސްޕޮންސަރ ހަމަޖައްސައި ދިން 12 ދަރިވަރުން ކިޔަވަމުން ދަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އަލަށް ތައާރަފު ކުރި ބެޗްލަރ އޮފް ސައެންސް އިން ކްލައިމެޓް ޗޭންޖްއެވެ. އެމްއެންޔޫގެ ލ. ގަމު ކެމްޕަހުގައި ކުރިއަށް ގެންދާ މި ކޯހުގައި ކިޔަވާ ދަރިވަރުންގެ ތެރޭގައި، އެންދެރި ސްކޮލަޝިޕްގެ ދަށުން އެޑްވާންސް ސެޓްފިކެޓް އިން އެންވަޔަރަންމަންޓް މެނޭޖްމަންޓް ކޯސް މިދިޔަ އަހަރު ފުރިހަމަކުރި ހަ ދަރިވަރުން ހިމެނެއެވެ.
ފޮޓޯޓައް: އެމްއެންޔޫ
ހިޔާލު