ހަލީމަތު ނަޖްވާ
ޒަމާނަށް އައި ޓެކްނޮލޮޖީގެ ކުރިއެރުމާއެކު، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މިއަދު ގިނަ ގޭބިސީތަކުން ފެންނަ އެންމެ އާންމު އެއް މަންޒަރަކީ، ކާން އިންނަ ވަގުތުގައްޔާއި އެނޫންވެސް އެކި ވަގުތުތަކުގައި، ޅަފުރާގެ ކުދިން ޓެބްލެޓާއި ސްމާޓްފޯނުތަކަށް ގެއްލިފައި ތިބޭ މަންޒަރެވެ. ބެލެނިވެރިން ކުދިން މައްސަލާކުރުމަށާއި، ފަސޭހައިން ކާންދިނުމުގެ ބޭނުމުގައި މި ވަސީލަތްތައް ދިން ނަމަވެސް، މިކަމުގެ ސަބަބުން ކުއްޖާގެ ވިސްނުމަށާއި، ޚާއްޞަކޮށް ކިޔެވުމަށް ކުރާ ނޭދެވޭ އަސަރުތަކަކީ މިއަދު ފުންކޮށް ވިސްނަން ޖެހިފައިވާ މައްސަލައެކެވެ.

އާންމުކޮށް ކުދިން މިފަދަ ވަސީލަތްތަކުން ބަލަނީ ޔޫޓިއުބް ޝޯޓްސް އާއި، ޓިކްޓޮކް ނުވަތަ "ކޮކޯމެލަން" ފަދަ ކާޓޫނު ވީޑިއޯތަކެވެ. މިފަދަ ވީޑިއޯތައް އުފައްދާފައި ހުންނަނީ ވަރަށް އަވަސްއަވަހަށް މަންޒަރުތައް ބަދަލުވާ ގޮތަށެވެ. ކޮންމެ ސިކުންތަކުވެސް ފެންނަނީ އާ އެއްޗެހިތަކަކާއި، ތަފާތު ގަދަ ކުލަތަކެކެވެ. މީގެ ސަބަބުން ކުއްޖާގެ ސިކުނޑި އެ މަންޒަރުތަކަށް ދެވިހިފާ، ސްކްރީނާ ވަކިނުވެވޭ ހިސާބަށް ކަންކަން ދެއެވެ.
މީގެ އިތުރުން، ކުދިން ވާހަކަދައްކަން ފަށާ ޅަފަތުގެ ދުވަސްވަރު ސްކްރީނަށް ދެވިހިފުމަކީ ބަހުގެ ހުނަރުތަކަށް އިންތިހާއަށް އަސަރުކުރާ ކަމެކެވެ. އިންސާނީ މުއާމަލާތްތަކާ ދުރުވެ، މުޅި ދުވަހު ސްކްރީނަށް ބަލަން އިނުމުގެ ސަބަބުން، ކުއްޖާ ވާހަކަދައްކަން ފަށާ އުމުރު ލަސްވެ، ވާހަކަދެއްކުމަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. އަދި ބަލާ ގިނަ ކޮންޓެންޓަކީ އިނގިރޭސި ބަހުން ހުންނަ އެއްޗެއްސަށް ވާތީ، މާދަރީ ބަސް ކަމުގައިވާ ދިވެހިބަހުން ވާހަކަދައްކަން އެކުދިންނަށް ނޭނގި، މުއާމަލާތުކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ސްކޫލަށް ދާން ފަށާއިރު ދިވެހި ބަހުން ކިޔަވައިދޭ މާއްދާތަކަށް ދަށްވެ، މު
މިގޮތަށް ގިނަ ވަގުތު ހޭދަކުރުމަށްފަހު، ޓެބްލެޓް ނުވަތަ ފޯނު ނިއްވާލުމުން ކުދިންނަށް ދިރިއުޅުމުގެ އާދައިގެ ކަންކަން ފޫހިވެއެވެ. ފޮތް ކިޔުމާއި ކިޔެވުމަށް އޮންނަ ޝައުޤުވެރިކަން މުޅިން ގެއްލިގެންދެއެވެ. ސަބަބަކީ ފޮތްތަކާއި ފިލާވަޅުތަކަކީ ސްކްރީނުގައި ފެންނަ ފަދަ ހަލުވި ބަދަލުތަކެއް އަންނަ އެއްޗަކަށް ނުވާތީއެވެ. މިކަމުގެ ސަބަބުން ކުއްޖާގެ ސަމާލުކަން އެއްކަމަކަށް ދިނުމަށް (ފޯކަސް ކުރުމަށް) އުނދަގޫވެ، މީހުންނާ ވާހަކަދައްކައި މުއާމަލާތު ކުރުމަށްވެސް ޖެހިލުންވެއެވެ.

މި ނުރައްކަލުގެ ޙަޤީޤީ ގެއްލުން ފެންނަން ފަށަނީ ކުއްޖާ މަތީ ގްރޭޑްތަކަށް ދާ ހިސާބުންނެވެ. ފުންކޮށް ވިސްނައިގެން ޙައްލުކުރަންޖެހޭ ބޮޑެތި ސުވާލުތައް ހަދަން އުނދަގޫވެ، އަމިއްލައަށް ކަންކަމާމެދު ފިކުރުކުރުމުގެ ޤާބިލުކަން ކުޑަވެގެންދެއެވެ. އަދި އުނގެނުމުގެ މުޅި ނިޒާމުގެ ތެރޭގައި ކުއްޖާ ފަހަތަށް ސޮއްސައިލަން މެދުވެރިވެއެވެ.
މިއީ ކޮންމެ ބެލެނިވެރިއަކުވެސް ވަރަށް ބޮޑަށް ވިސްނަންޖެހިފައިވާ ކަމެކެވެ. ޓެކްނޮލޮޖީއާއި ޓެބްލެޓް ބޭނުންކުރުމަކީ މުޅިން ގޯސް ކަމެއް ނޫނެވެ. ނަތީޖާ ބިނާވަނީ އެ ވަސީލަތްތައް ބޭނުންކުރާ ގޮތެއްގެ މައްޗަށެވެ. އެގޮތުން ވަގުތު ކަނޑައަޅައި ވަކި މިންގަނޑެއްގެ ތެރޭގައި، ތަޢުލީމީ އަދި ފައިދާހުރި ކޮންޓެންޓް ބެލުމަށް ފުރުޞަތު ދިނުމަކީ ކުއްޖާގެ ކުރިމަގު އަލިކޮށްދިނުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ކުދިން ބޮޑުވަމުން އަންނަ މަރުޙަލާގައި ސްކްރީނަށް ދެވިހިފުމަކީ އެކުދިންގެ ވިސްނުމަށާއި، އިޖުތިމާޢީ ގުޅުންތަކަށް އަދި ޚާއްޞަކޮށް ތަޢުލީމީ ޙަޔާތަށް ކުރިމަތިވާ ވަރަށް ބޮޑު ހުރަހެކެވެ. ކެއުމުގެ ވަގުތުތަކަކީ އާއިލީ ގުޅުން ބަދަހިކޮށް، ވާހަކަދައްކައި، ދިރިއުޅުމުގެ ރީތި އާދަތައް ކުދިންނަށް ދަސްކޮށްދޭންވީ ވަގުތެވެ. އެ ވަގުތުތަކުގައި ސްކްރީންތަކާ ދުރުވެ، ކުދިންނަށް އަޅާލުމާއި ލޯބި ދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޓެކްނޮލޮޖީގެ ފައިދާ އެންމެ އެދެވޭ ގޮތުގައި ހޯދޭނީ، ބެލެނިވެރިންގެ ފުރިހަމަ ބެލުމުގެ ދަށުން ވަކި މިންގަނޑުތަކެއް ކަނޑައަޅައިގެންނެވެ. އެހެންކަމުން، މާދަމާގެ ޖީލަކީ ވިސްނުންތޫނު، ކިޔެވުމަށް މޮޅު، އަދި އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ޤާބިލު ބަޔަކަށް ހެދުމަށްޓަކައި، މިއަދު އަޅުގަނޑުމެން ކުދިންގެ އަތަށް ދޭ ސްކްރީނުގެ ވަގުތުތައް ކޮންޓްރޯލްކޮށް، އެކުދިންގެ
advertisment
ހިޔާލު