ދަނަތު ލާރނިންގްގެ ފަރާތުން އެސް.އެސް.ސީ އަދި އެޗް.އެސް.ސީ ދަރިވަރުންނަށް ހިލޭ އޮންލައިން ސްޓަޑީ ކޭމްޕެއް ފަށަން ތައްޔާރު ވެއްޖެއެވެ.
ދިވެހި އަދި އިސްލާމް މާއްދާއަށް ޚާއްޞަކޮށްގެން، ތަޖުރިބާކާރު މުދައްރިސުންނާއެކު ކުރިއަށްގެންދާ ހަތަރު ދުވަހުގެ މި ރިވިޜަން ސެޝަންތަކަކީ ރާއްޖޭގެ ހުރިހާ ދަރިވަރުންނަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ ހިލޭ ސެޝަންތަކެކެވެ. މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

ދަނަތު ލާރނިންގއިން އިޢުލާނުކޮށްފައިވާ ގޮތުގައި، މި އޮންލައިން ސްޓަޑީ ކޭމްޕު ކުރިއަށްދާނީ 2026 ސެޕްޓެމްބަރު 14 އިން 17 އަށެވެ. މިއީ މި ސެޕްޓެމްބަރު މަހު އެސް.އެސް.ސީ އަދި އެޗް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވާ ދަރިވަރުންނަށް އަމާޒުކޮށްގެން، ދިވެހި އަދި އިސްލާމް މާއްދާގެ މުހިންމު ބައިތައް މުރާޖަޢާކުރުމަށް ބާއްވާ ކޭމްޕެކެވެ. ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރި ދަރިވަރަކަށްވެސް މި ކޭމްޕުގައި ބައިވެރިވެވޭނެއެވެ. ބައިވެރިވުމަށް އެދޭ ދަރިވަރުންނަށް ދަނަތު ލާރނިންގްގެ ރަޖިސްޓްރީ ކުރެވޭނެއެވެ:
ސެޝަންތައް ކުރިއަށްގެންދަވާ ތަޖުރިބާކާރު މުދައްރިސުން
މި ކޭމްޕުގައި ކިޔަވައިދެއްވާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަންސް (ޑީ.ޕީ.އީ) ގެ ޕޭޕަރުތައް މާކުކުރުމުގެ ފުންނާބުއުސް ތަޖުރިބާ ލިބިވަޑައިގެންފައިވާ ތިން މުދައްރިސުންނެވެ. އެ ބޭފުޅުންނަކީ:
- ރާމިޒް އަބޫބަކުރު — އިސްލާމް ލީޑިންގް ޓީޗަރު، ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)، މާލެ.
- މާޖިދާ ޙަސަން — ދިވެހި މުދައްރިސް، ދަރުމަވަންތަ ސްކޫލް.
- އިލްޔާސް ޝުޖާޢު — ދިވެހި މުދައްރިސް، ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ)، ހުޅުމާލެ.

މި ސެޝަންތަކުގައި ދިވެހި އަދި އިސްލާމް މާއްދާގެ މުހިންމު ފިލާވަޅުތަކުގެ އިތުރުން، އިމްތިޙާނު ކަރުދާހަށް ޖަވާބުދޭނެ ގޮތުގެ އުކުޅުތަކާއި މުހިންމު އިރުޝާދުތައް، މުދައްރިސުންގެ ތަޖުރިބާގެ އަލީގައި ހިއްސާކުރައްވާނެއެވެ. މި ކޭމްޕު ނިމޭ ތާރީޚު ކަމަށްވާ 17 ސެޕްޓެމްބަރާ ހަމައަށް ކޮންމެ ވަގުތަކުވެސް ދަރިވަރުންނަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު އޮންނާނެއެވެ.
advertisment
ހިޔާލު