މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންނަށް މަރުހަބާ ކިޔުން

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ޔުނިވަރސިޓީ އޮފް މެލްބަންއާ ދެމެދު ގާއިމުކޮށްފައިވާ އެކަޑަމިކް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށްގެންދާ ފަންނީ ތަޖުރިބާ ހޯދުމުގެ ޕްރޮގްރާމެއްގައި ބައިވެރިވުމަށް، މެލްބަން ޔުނިވަރސިޓީގެ 13 ދަރިވަރުން އެމްއެންޔޫގައި މަސައްކަތް ކުރަން ފަށައިފިއެވެ. ސެޕްޓެމްބަރު 11އަށް ރާއްޖޭގައި އެ ދަރިވަރުން ތަޖުރިބާ ހޯދާނެއެވެ.

މި ޕްރޮގްރާމަކީ މެލްބަން ޔުނިވަރސިޓީގެ ދަރިވަރުންނަށް ރާއްޖޭގެ ތަޢުލީމީ މާޙައަލުގެ ތެރެއިން އަމަލީ ތަޖުރިބާ ހޯދައި، އެ ދަރިވަރުން އުނގެނިފައިވާ ނަޒަރީ މައުލޫމާތުތައް އަމަލީ މައިދާނުގައި ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިންގާ ޕްރޮގްރާމެކެވެ. މީގެ އިތުރުން، އެމްއެންޔޫގެ ދަރިވަރުންނާއި، މުދައްރިސުން އަދި އާންމު މުޖުތަމައާ ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އެ ދަރިވަރުންގެ ފަންނީ ހުނަރުތައް އިތުރަށް ތަރައްގީކުރުމަށް މަގުފަހިވެގެންދާނެއެވެ.

n

ހިޔާލު