ނޭޝަނަލް ރިސާޗް ފަންޑުގެ "އިމާޖިން ރިސާޗް ގްރާންޓް"ގެ ގުރާންޓް 11 ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވަނީ ދީފައެވެ.
ޤައުމީ ތަރައްޤީގެ އިސްތިރާތީޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ރާއްޖޭގައި ދިރާސާކުރުމުގެ ސަގާފަތެއް ބިނާކޮށް، އިލްމީ މަސައްކަތްތައް ކުރިއެރުވުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، "ނޭޝަނަލް ރިސާޗް ފަންޑުންދޭ އެހީ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަޙްމަދު ޝަފީޢުއެވެ.
2025 ވަނަ އަހަރު ތަޢާރަފުކުރެވުނު މި ޕްރޮގްރާމަކީ، ތަފާތު ދާއިރާތަކުން ފެންވަރު ރަނގަޅު ދިރާސާތައް ކުރުމަށް ބާރުއަޅައި، ޤައުމީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހެކީގެ މައްޗަށް ބިނާވެފައިވާ ހައްލުތައް ހޯދުމަށް މަގުފަހިކޮށްދިނުމުގެ މަޤްޞަދުގައި ހިންގާ ޕްރޮގްރާމެކެވެ. މި މަސައްކަތަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ނޭޝަނަލް ރިސާޗް ކައުންސިލްގެ އެހީތެރިކަމާއެކު ކުރިއަށްދާ މަސައްކަތެކެވެ.

ހިޔާލު