މިޒާ އިންސްޓިޓިއުޓްގެ ތިން ވަނަ ސެންޓަރު ހިޔާ ޓަވަރު 15ގައި ހުޅުވައިފި

މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ޓިއުޝަންދޭ މިޒާ އިންސްޓިޓިއުޓުގެ ތިންވަނަ ސެންޓަރެއް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، ހިޔާ ޓަވަރުގެ 15ގައި ހުޅުވައިފިއެވެ.

މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް އިތުރުވަމުންދާ އާބާދީއަށް ވިސްނައި މިޒާއިން އެޅި މުހިންމު ފިޔަވަޅެވެ. މިޒާގެ އަނެއް ދެ ސެންޓަރު ހިންގަނީ ހިޔާ ޓަވަރު 2 (އޮރެންޓް ޓަވަރު( ގެ ގްރައުންޓް ފްލޯގައާއި ވިނަރެސް ޓަވަރ ފަސްޓް ފްލޯގައެވެ.

ފުލްޓައިމް 5 މުދައްރިސުންނާއި 4 ރިސޯސް މުދައްރިސުންނާއެކު 2022 ވަނަ އަހަރު ޚިދުމަތް ދޭންފެށި މިޒާ އިންސްޓިޓިއުޓްގައި މިއަދު ފުލްޓައިމް 21 މުދައްރިސުންނާއި 15 ރިސޯސް މުދައްރިސުން މަސައްކަތް ކުރަމުން ގެންދެއެވެ. މިޒާ އިންސްޓިޓިއުޓްގައި މަސައްކަތް ކުރާ ހުރިހާ މުދައްރިސުންނަކީ ވެސް ފެންވަރު ރަނގަޅު ގިނަ ބައެއްގެ އިތުރުބާރު ލިބިފައިވާ "ޑެޑިކޭޓެޑް" މުދައްރިސުންނެވެ.

އެ އިންސްޓިޓިއުޓްގެ އަމާޒަކީ ޒަމާނީ ފެންވަރު ރަނގަޅު ކުލާސްރޫމްތަކެއްގައި ދަރިވަރުންނަށް ފަހި މާހައުލެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ.

މިޒާ އިންސްޓިޓިއުޓްގައި ދަރިވަރުން ޓިއުޝަން ނަގަނީ: އެ އިންސްޓިޓިއުޓްގެ ކިޔަވައިދިނުމުގެ މާހައުލު ބިނާކޮށްފައި ވަނީ ދަރިވަރުންނާއި މުދައްރިސަށް ފަސޭހައިން ކިޔަވައިދެވޭ ގޮތަށް ޔޫ ޝޭޕަށް- ފޮޓޯ: ދަރިވަރު

ޓިއުޝަން ދިނުމުގައި މިޒާގެ ކާމިޔާބީއަކީ ވަކި ސްޓޭންޑަޑެއްގައި ހިފެހެއްޓައިގެން ހަރުދަނާ އުޞޫލެއްގެ މަތިން ޚިދުމަތް ފޯރުކޮށްދެމުން ގެންދިއުމެވެ. އެގޮތުން ގުރޭޑް 9ން 12އަށް ކިޔަވައިދިނުމުގައި ގެންޅެނީ ޔޫ ޝޭޕް މޮޑަލެކެވެ. މި މޮޑެލުމުގައި ޓީޗަރުގެ ސަމާލުކަން ދީގެން ކިޔަވައި ދިނުމުގައި އެންމެ ގިނަވެގެން ކުލާހެއްގައި ކިޔަވާނީ 7 ދަރިވަރުންނެވެ. މިހެން ހެދުމުން ކިޔެވުމަށް ދަރިވަރުންގެ ފޯކަސް ހުއްޓި އެ ދަރިވަރުންނަށް މުދައްރިސުންގެ އަޅާލުމާއި އެހީތެރިކަން އިންތިހާއަށް ލިބެއެވެ.

ގްރޭޑް 9-12 އަށް އޯލެވެލް އަދި އޭލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރު ކުރުމަށް އިތުރު އެހީތެރިކަމެއް ދިނުމުގެ ގޮތުން ހުކުރު ދުވަހު އިތުރު ކްލާސްތައް ވެސް މިޒާ އިންސްޓިޓިއުޓުން ކުރިއަށް ގެންދެއެވެ.

މިޒާ އިންސްޓިޓިއުޓުގެ ސައިންސްގެ މާއްދާތަކަށް ޚާއްޞަކޮށްގެން ބާއްވާ ޕްރެކްޓިކަލް ސެޝަންތަކަށް ދަރިވަރުންގެ ޝައުޤުވެރިކަން ބޮޑު-

މިޒާ އިންސްޓިޓިއުޓުގެ ދަރިވަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ސައިންސްގެ މާއްދާތަކަށް ޚާއްޞަކޮށްގެން ބާއްވާ ޕްރެކްޓިކަލް ސެޝަންތަކަކީ ދަރިވަރުންގެ މަޤްބޫލުކަން ބޮޑު ސެޝަންތަކެވެ. މީގެ ބޭނުމަކީ ހަމައެކަނި ފޮތުން ކިޔެވުމުގެ ބަދަލުގައި ކުދިންނަށް ސައިންސްގެ ޕްރެކްޓިކަލް ބައިވެސް ހިމަނައިގެން ކިޔަވައިދިނުމެވެ. ހުރިހާ ފިލާވަޅެއްގެ ޕްރެކްޓިސް ނުގެންދެވުނަސް ކެމިކަލާ ނުލައި ޓެސްކިޓްތަކުގެ އެހީގައި ގެންދެވޭ ޕްރެކްޓިސްތައް ކުރިއަށް ގެންދެއެވެ. މީގެ ސަބަބުން ފިލާވަޅުގައި ބުނާއެއްޗެއް އަމަލީ ގޮތުން ދަރިވަރުންނަށް ވިސްނައިދެވި ކުރިއަށްދާން ފަސޭހަވެއެވެ.

މިޒާ އިންސްޓިޓިއުޓްގެ ހުރިހާ ކުލާސްރޫމްތަކަކީ އޭސީކޮށް، ސްމާޓް ޓީވީ ބަހައްޓައި، ކޮންމެ ކުލާސްރޫމެއްގައި ވަށައިގެން ބަލާލެވޭ ގޮތަށް ދެ ކެމެރާ ހަރުކޮށް، ކުލާސްރޫމްތަކުގެ ޖާގަ ވަކި މިންގަނޑެއްގައި ވަނީ ހިފަހައްޓާފައެވެ. އޭގެ ސަބަބުން ނޭދެވޭ ކަމެއް ހިނގުމުގެ ފުރުޞަތު ކުޑަވެއެވެ. އަދި ކަމެއް ހިނގާ ފަހަރެއްގައި ފަސޭހައިން އެކަމެއް ބަލާލެވެއެވެ. އެހެންވެ އަވަސް ފިޔަވަޅުތަކެއް އަޅަން މަގުފަހިވެއެވެ.

ގުރޭޑް 1ން 12އަށް ޓިއުޝަންދޭ މިޒާ އިންސްޓިޓިއުޓްގެ ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވެސް އޮތީ ހުޅުވިފައެވެ. މިޒާގެ ތިން ސެންޓަރެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިންގައެވެ. އެއީ ހިޔާ ޓަވަރު 2 (އޮރެންޓް ޓަވަރު( ގެ ގްރައުންޓް ފްލޯގައި ހުންނަ  ސެންޓަރުން ފޯރުކޮށްދޭ ޓިއުޝަންތަކުގެ މައުލޫމާތު  7333535 ނޫނީ 7770953 ފޯނުން ސަފާވާނެއެވެ. ދެވަނަ ސެންޓަރު ހުންނަނީ ވިނަރެސް ޓަވަރ ފަސްޓް ފްލޯގައެވެ. އެތަނުން ދޭ ޚިދުމަތްތަކުގެ މައުލޫމާތު 7333636 އަދި 770953 ފޯނުން ސާފުވާނެއެވެ. އަދި  ހިޔާ ޓަވަރ 15ގެ ގްރާއުންޑް ފްލޯގައި ހުންނަ މިޒާ އިންސްޓިޓިއުޓްގެ ތިންވަނަ ސެންޓަރުގެ މައުލޫމާތު 7453335 އަދި 7770953 އިން ސާފުވާނެއެވެ.

މިޒާގެ ފޭސްބުކް ޕޭޖް Miza Institute ޒިޔާރަތްކޮށް ލުމުން ވެސް ކުރިން ނޭނގޭ އެތައް މައުލޫމާތެއް ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *