ދަރިވަރު ނޫހަކީ އާންމު ނޫސްތަކާ ޚިލާފަށް ތައުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ޚަބަރާއި މައުލުމާތު ގެނެސްދޭ އޮންލައިން ނޫހެކެވެ. މި ނޫހުން ގެނެސްދޭ ޚަބަރަކުން، ފޮޓޯއަކުން ވެސް އެއްވެސް ކުއްޖަކަށް ތައުލީމީ މުއައްސަސާއަކަށް އަދި ކިޔަވައިދޭ އެއްވެސް މުދައްރިސަކަށް ނޭދެވޭ އަސަރެއް ނުކުރާނެއެވެ. މި ނޫހުން ބާރުއަޅާނީ ފައްސި ވިސްނުން ކުރިއަށް ނެރުމަށެވެ. މުޖްތަމައަށް ހެޔޮ ބަދަލެއް ގެނައުމަށް އަޚްލާޤީ ގޮތުންނާއި އިޖްތިމާއީ ގޮތުން ފޭރާން ހެޔޮ އެންމެންނަށް ކިޔާލެވޭ މައުލޫމާތާއި ޚަބަރު ގެނެސްދިނުމަކީ މި ނޫހުގެ އެންމެ މަތީ މަސްލަހަތެވެ. އެގޮތުން މި ނޫހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުން ވެސް ކޯޑް އޮފް އެތިކްސް އަށް އަމަލުކުރަން ލާޒިމްވާނެއެވެ. ކޯޑް އޮފް އެތިކްސް ބިނާވެފައި ވަނީ ވަކި ކުއްޖެއް މީހަކު، ވަކި ތަނެއް ތަފާތު ކުރުމެއް ނެތި ފަރާތަކަށް ނުޖެހި ތެދުވެރިކަމާއެކު މައުލޫމާތު ފޯރުކޮށްދިނުމަށެވެ. އެގޮތުން:
ދަރިވަރު ނޫހުގެ އެޑިޓޯރިއަލް މައުގަނޑު ސިޔާސަތުތަކަކީ:
ތެދު ހާމަކުރުން: ދަރިވަރު ނޫހުން ދެމިތިބޭނީ މައުލުމާތާއި ތެދު ޚަބަރު ހާމަކުރުމުގައެވެ. ސައްޙަ ގޮތުގައި މައުލޫމާތެއް ކަށަވަރު ނުކުރެވެނީސް ދަރިވަރު ނޫހުން އެ ޚަބަރެއް ގެނެސް ނުދޭނެއެވެ.
Dharivaru Media, JAMBUROALGE, BODUFULHAH GOALHI, 20159
Republic of Maldives
Tel: (960) 737 2818
E-mail: [email protected]
Copyright © 2000 – 2026 Dharivaru Media | Registerd in Ministry Of Home Affairs