އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތް 19 އަހަރުން ދަށް: ތިން ސެޓުން މޮޅުވެ ޗެމްޕިއަންކަން ސީއެޗްއެސްއީ ހުޅުމާލެއާއި ހުރާ ސްކޫލަށް

އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ސީއެޗްއެސްއީ ހުޅުމާލެއަށް، އަންހެން ޗެމްޕިއަންކަން މާލެއަތޮޅު ހުރާ ސްކޫލުން ހޯދައިފިއެވެ.

ފައިނަލުގައި ސީއެޗްއެސްއީ ހުޅުމާލެ ވާދަކުރީ ޅ. ނައިފަރު މަދަރަސަތުލް އިފްތިތާޙްއެވެ. ޗެމްޕިއަންކަން ސީއެޗްއެސްއީ ހުޅުމާލެއިން ހޯދީ ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އެ ސްކޫލުން ފުތަމަ ސެޓް ހޯދީ 14-25ންނެވެ. ދެވަނަ ސެޓް 15-25ން ހޯދައި ފަހު ސެޓް ގެންދިޔައީ 18-25ންނެވެ. ފައިނަލް މެޗްގެ މޮޅުކުޅުންތެރިޔަކީ ސީއެޗްއެސްއީ ހުޅުމާލެ ޖޯޒީ ނަމްބަރު 5 އަހްމަދު ސައިފު އަޙްމަދެވެ.

މި އުމުރުފުރައިގެ އަންހެން ފައިނަލުގައި ހުރާ ސްކޫލުން ވާދަކުރީ ވ. ކެޔޮދޫ ސްކޫލާއެވެ. ހުރާ ސްކޫލުން ފުރަތަމަ ސެޓް ހޯދީ 11-25ންނެވެ. ދެވަނަ ސެޓް ހޯދީ ވާދަވެރިކުޅުމަކަށްފަހު 21-25ންނެވެ. ފަހު ސެޓް ހުރާ ސްކޫލުން ގެންދިޔައީ 15-25ންނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔަކީ ހުރާ ސްކޫލުގެ ޖޯޒީ ނަމްބަރު 5 އައިޝަތު ދީމާ ނަދީމެވެ.

19 އަހަރުން ދަށުގެ ފިރިހެން ފައިނަލަށް މަދަރަސަތުލް އިފްތިތާޙް ދިޔައީ 1-3ން ކެޔޮދޫ އަތުން މޮޅުވެގެންނެވެ. ސީއެޗްއެސްއީ ފައިލަނަށް ދިޔައީ ވީއައިއެޗްއެސްއަތުން މޮޅުވެގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *