16 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓީކްސް ޗެމްޕިއަންޝިޕްގެ އެންމެ މޮޅު އެތްލީޓުންނަށް މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ހަމްދު ހުސައިން އަލީ އާއި ޝަރީފު ސްޕޯޓްސްގެ އާމިނަތު އައުހާ އަބްދުއް ރަހުމާން ހޯދައިފިއެވެ.
ފުވައްމުލައް ސިޓީގައި ކުރިއަށް ގެންދިޔަ މި މުބާރާތުން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވުނު ހަމްދު ވަނީ، 100 މީޓަރާއި 200 މިޓަރު އަދި ޓްރިޕަލް ޖަންޕުން ރަންމެޑަލް ހޯދާފައެވެ. އަދި 100 މިޓަރާއި ޓްރިޕަލް ޖަމްޕުން މީޓް ރެކޯޑް ހަދާފައެވެ.
އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނު އައުހާ ވަނީ، 100 މީޓަރާއި 200 މީޓަރު ދުވުމާއި އުސް ފުއްމުމުން ރަންމެޑަލް ހޯދާފައެވެ. އަދި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން މީޓް ރެކޯޑް ހަދާފައެވެ.
މިފަދަ މުބާރާތެއްގައި ހަމްދު ފުރަތަމަ ފަހަރަށް އެއްވަނަ އެތްލީޓްގެ މަޤާމް ހޯދި ނަމަވެސް އައުހާ ވަނީ މީގެ ކުރިން މިފަދަ މުބާރާތްތަކެއްގައި އެއްވަނަ އެޓްލީޓްގެ މަޤާމް ހޯދާފައެވެ.
ހިޔާލު