16 ވަނަ ޤައުމީ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2025، އިއްޔެ ހެނދުނު ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި ފަށައިފިއެވެ. މި މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުވަނީ ރޭ ބާއްވާފައެވެ.

މިއަހަރުގެ މި މުބާރާތުގައި 16 ސްކޫލަކުންނާއި 9 ކުލަބަކުން ޖުމްލަ 681 އެތުލީޓުން ވާދަކުރެއެވެ. ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައި މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި، އަންހެން އަދި ފިރިހެން އެތުލީޓުން ވާދަކުރާނީ ޖުމްލަ 4 އުމުރުފުރާއެއްގައެވެ. އެއީ 13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 20 އަހަރުން ދަށުގެ އުމުރުފުރާއެވެ. މިއުމުރުފުރާތަކުން ޓްރެކް އަދި ފިލްޑް އިވެންޓްތައް ހިމެނޭހެން ޖުމްލަ 113 އިވެންޓުގައި އެތުލީޓުން ވާދަކުރާނެއެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށް ދެއްވީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގެވެ.

މިއަހަރުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 14 ވަނަ ދުވަހުގެ ރޭ ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައެވެ.
advertisment
ހިޔާލު