ޕްރެޒިޑެންޓްސް ކަޕްގައި ކުޅެ އިލާންއާއި އީތަންއަށް ބޮޑު ޝަރަފެއް

ޕްރެޒިޑެންޓްސް ކަޕްގައި ރޭ ސަސްއާ ދެކޮޅަށް ކުޅުނު މެޗްގައި ވެލެންސިއާ ޓީމުގައި ހިމެނުނު ސާދަ އަހަރުން ދަށުގެ މުޙައްމަދު އިލާން އިމްރާނާއި އީތަން އިބްރާހިމް ޒަކީއަށް ލިބުނީ ބޮޑު ޝަރަފެކެވެ. އެއީ މަތީ ފެންވަރުގެ ފުޓްބޯޅައިގައި މިހާތަނަށް މިހާ ހަނގު އުމުރުރެއްގައި ކުޅުނު ދެ ކުޅުންތެރިންނެވެ.

ރޭގެ މެޗްގައި އިލާން ކުޅުނުއިރު އޭނާގެ އުމުރަކީ ސާދަ އަހަރާއި ދެ މަހާއި އަށާވިސް ދުވަހެވެ. އީތަންގެ ޢުމުރަކީ ސާދަ އަހަރާއި ފަސްމަހާއި އަށް ދުވަހެވެ.

އީތަން ހިމެނުނީ ވެލެންސިޔާއިން ނެރުނު ފުރަތަމަ އެގާރައިގައެވެ. އީލާން ކުޅުނީ ފަހު ހާފުގެ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

ރޭ ކުޅުނު މެޗުން ވެލެންސިއާ ބަލިވީ 0-5ން ނެވެ. މި ދެކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ރޭ ފެނިގެންދިޔައެވެ.

އިލާން ވަނީ 15 އަހަރުން ދަށުގެ އިންޓަ ސްކޫލް މުބާރާތުގައި އިސްކަންދަރު ސްކޫލްގެ ޓީމުގައި ހިމެނި، ކުޅުނު ހަ މެޗުން 38 ގޯލުޖަހާފައެވެ. އަދި ޔޫތު ޗެމްޕިއަންޝިޕްގައި ކުލަބު ވެލެންސިއާއަށް ކުޅުނު އަށް މެޗުން 35 ގޯލު ޖަހާފައެވެ.

އިލާން އެންމެ ފުރަތަމަ ފުޓުބޯޅަ ކުޅެން ފަށައިފައިވަނީ އާލީ ޓަޗް ފުޓްބޯލް އެކަޑަމީން ތަމްރީނުވި އިލާން ވަނީ ނިއު ރޭޑިއަންޓް އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޔޫތު ޓީމަށް ވެސް ކުޅެފައެވެ.

ޔޫއޭއީގެ އަލް އައިންގެ ޔޫތު ޓީމުގައި ޓްރަޔަލެއް ފުރިހަމަ ކުރުމުގެ ފުރުސަތެވެ. އިލާން އަށް ވަނީ ލިބިފައެވެ. އީލާންގެ ކުޅުން ބެލުމަށްފަހު، އެ ކުލަބުން ހިތްހަމަޖެހޭނަމަ އަލް އައިންގެ ޔޫތު ޓީމުން ޖާހަގަ ލިބި ރަސްމީ ހުށަހެޅުމެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *