އެމްއެންޔޫއެސްޔޫގެ ބެޑްމިންޓަން މުބާރާތް އަންނަ މަހު ބާއްވަން ނިންމައި، މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފިއެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވާން ހުޅުވާލާފައި ވަނީ އެ ޔޫނިއަންގެ މާލޭގެ ކެމްޕަސްތަކުގެ ގޮފިތަކަށެވެ. މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ ހަ ވަނަދުވަނުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއެންޔޫއެސްޔޫއިން ބުނިގޮތުގައި، އެ ޔޫނިއަންގެ ފުރަތަމަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ހަމަވާނީ އަންނަ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އެ ޔޫނިއަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ހޯމް ހުށަހަޅަންޖެހެނީ އެ ޔޫނިއަންގެ އޮފީހަށެވެ.
advertisment
ހިޔާލު