އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގެ ފައިނަލް މެޗު މާދަމާ ރެއަށް ފަސްކޮށްފިއެވެ. ފައިނަލުގައި ކުޅެނީ އިސްކަންދަރު ސްކުލާއި ކަލާފާނު ސްކޫލެވެ.
މި ރެއަށް ތާވަލުކޮށްފައި އޮތް ފައިނަލް މެޗް މާދަމާ ރެއަށް ފަސްކުރީ އެޑިޔުކޭޝަން މިނިސްޓްރީއާއި ސްކޫލްތަކުން އެދިގެން ކަމަށް އެ މުބާރާތް އިންތިޒާމް ކުރާ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.
އިސްކަންދަރު ފައިނަލަށް އައީ ކުޅުނު ފަސް މެޗުން މޮޅުވެ ބައިކޮޅަށް ލަނޑެއް ނުވަދެ 69 ލަނޑާއެކުގައެވެ. ކަލާފާނުން އައީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެޓީމުން 21 ލަނޑުޖެހިއިރު، ބައިކޮޅަށް ވަދެފައި ވަނީ އެންމެ ދެ ލަނޑެވެ.
މި މުބާރާތުގައި 19 ސްކޫލަކުން ބައިވެރިވިއެވެ.
advertisment
ހިޔާލު