ހުސައިންގެ މިފަހަރުގެ ހަދިޔާ: ކޮންމެ އާއިލާއަކުން އެއް ކުއްޖަކަށް ދަބަހެއް

ނޮޅިވަރަމް ދާއިރާގައި ހިމެނޭ ކޮންމެ އާއިލާއކުން އެއްކުޖަކަށް ދަބަހެއް ދޭން ކުރީގެ ކައުންސިލަރު ހުސައިން ހަސަން ނިންމަވައިފިއެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވާފައިވާ ހުސައިން ދަރިވަރު ނޫހަށް، ވިދާޅުވި ނޮޅިވަރަމާއި ނޮޅިވަރަމްފަރުގެ ކޮންމެ އައިލާއެއްގެ ކޮންމެވެސް އެއްކުއްޖަކަށް ދަބަހެއް ފޮރުކޮށް ދިނުމަށް ނިންމިކަން އެ ދެރަށުގައި މިއަދު އިއުލާން ކުރާނެ ކަމަށެވެ.
" އިއުލާން ކުރުމަށްފަހު، އެދޭ ފަރާތްތަކަށް ދަބަސް ދޫކުރާނީ" ހުސައިން ވިދާޅުވިއެވެ. " މިއީ ތައުލީމަށް ޚިދުމަތެއް ކުރުމުގެ ގޮތުން ކުރާކަމެއް"

ހުސައިން ވަނީ ވޭތުވެދިޔަ ދެ އަހަރުވެސް ދަބަހާއި ފެންފުޅިއާއި ތަށި ހަދިޔާކޮށްފައެވެ. އޭނާ ވިދާޅުވީ ގްރޭޑް 12 އާ ހަމައަށް ކިޔަވަމުންދާ ކުދިންނަށް އޭނާގެ ހަދިޔާ ލިބިގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *