ގއ. ގެމަނަފުށީ ސްކޫލާއި ހދ. ނޮޅިވަރަމު ސްކޫލަށް އިތުރުކުރާ ކުލާސްރޫމްތައް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި މި ދެ ރަށު ސްކޫލްގައި ކުލާސްރޫމްތަކެއް އަޅަން ހަވާލުކުރީ ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޑެޓާއެވެ.
ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކުރީ ގެމަނަފުށީ ސްކޫލްގައި ދިހަ ކުލާސްރޫމް، ނޮޅިވަރަމް ސްކޫލްގައި ހަ ކުލާސްރޫމް އެލުމަށެވެ.
ގެމަނަފުށީ ސްކޫލަށް ދިހަ ކުލާސްރޫމް އިތުރުކުރުމަށް ސްވިފްޓް އިންޖިނިއަރިންގ އިން ހުށަހަޅާފައި ވަނީ 9.9 މިލިއަން ރުފިޔާއެވެ. ނޮޅިވަރަމު ސްކޫލަށް ހަ ކުލާސް އިތުރުކުރުމަށް ހުށަހަޅާފައި ވަނީ 7.1 މިލިއަން ރުފިޔާއެވެ. މި ސްކޫލްގެ މަސައްކަތް ވެސް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ. ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ސައުދުއްﷲ ހިލްމީއެވެ.
advertisment
ހިޔާލު