އިހަވަންދޫ ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް، މަތީ ސާނަވީން ހޮވިފައިވަނީ މުހަންމަދު ޝަމްވީލެވެ. ސާނަވީން ހޮވިފައި ވަނީ އާމިނަތު ޒަހާ ޒާހިރުއެވެ.
ޝަމްވީ ވަނީ ހުސްވި އަހަރު މަތީ ސާނަވީގެ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދައިގެން ހައިއެޗީވަރސް ސްކޮލަރޝިޕް ހޯދާފައެވެ. އަދި 2017 އަހަރު ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގެ ތިންވަނައިގައި ހިމެނި، އިހަވަންދޫ ސްކޫލްގެ ވެސް ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަގާމް ހޯދާފައެވެ.
ނިމިގެންދިޔަ އަހަރު އިހަވަންދޫ ސްކޫލްގެ ވައިސްކެޕްޓަން ކަމުގެ އިތުރުން ޕްރިފެކްޓް ބޯޑްގެ ސީނިއަރ ޕްރިފެކްޓްކަން ޝަމްވީލް ވަނީ ކޮށްފައެވެ.
މިހާރު ގްރޭޑް 11 ގައި ކިޔަވަމުންދާ ޒަހާ ވަނީ ނިމިގެން ދިޔަ އަހަރު ސާނަވީ އިމްތިހާނުގެ ގަދަ ދިހައެއްގެ ތިންވަނަ ހޯދާފައެވެ.
ޕްރިފެކްޓެއްގެ އިތުރުން ސްކައުޓް ހަރަކާތުގައި ބައިވެރިވެ، ކިޔެވުމަށް އެންމެ މޮޅު ސްކައުޓްގެ މަގާމް ވަނީ ޖެހިޖެހިގެން ހަތަރު އަހަރު ހޯދާފައެވެ. އަދި 2014 ވަނަ އަހަރު ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގެ 13 އަހަރާއި 16 އަހަރުގެ އުމުރު ފުރައިން 2016 ވަނަ އަހަރު ދެވަނަ، 2017 ވަނަ އަހަރު އެއްވަނަ ހޯދާފައެވެ.
އިހަވަންދޫ ސްކޫލަކީ ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12ށް ކިޔަވައި ދެމުންދާ ސްކޫލެކެވެ. މި ސްކޫލްގައި ގްރޭޑް ކުލާސްތަކުގައި 815 ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު