ކަނޑުގެ މާހައުލާއި، އެމާހައުލުގައި އުޅޭ ދިރުންތަކާއި ބެހޭ މަޢުލޫމާތު އެކްސެލް އިންޓަރނޭޝަނަލް ޕްރީސްކޫލުގެ ދަރިވަރުންނަށް މިއަދު ދީފިއެވެ.
އެސްކޫލުން ބުނީ އެމައުލޫމާތު ކުދިންނަށް ފޯރުކޮށްދީފައިވަނީ މިއަދު މެރިންރިސާޗު ސެންޓަރަށް ގެންގޮސްގެން ކަމަށެވެ. "އެތަނުންވަނީ ވަރަށް ރަނގަޅަށް އެމަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދީފައި. ވަރަށް ރަނގަޅަށް އެތަނުން ޕްރޮގްރާމް ގެންގޮސްފައިވަނީ،" އެސްކޫލުން ބުންޏެވެ.
މިޕްރޮގްރާމްގައި އެކްސެލް އިންޓަރނެޝަނަލް ސްކޫލްގެ އެސް.ކޭޖީ ކްލާސްތަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ ސްކޫލަކީ އެމެރިކާގެ ކަރިކިއުލަމަކަށް ކިޔަވައިދޭ ސްކޫލެކެވެ. މިއަދު ކުރިއަށް ގެންދިޔައީ އެ ކަރިކިއުލަމްގައި ހިމެނޭ "އަނޑަރ ދަ ސީ" މޮޑިއުލްގެ މަޢުލޫމާތު ދިނުމުގެ ބައެކެވެ.
މި ޕްރޮގްރާމާ ބެހޭ ގޮތުން ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވަނީ ކުދިންނަށް އެމަޢުލޫމާތު އެންމެ ރަނގަޅަށް ދިނުމަށްޓަކައި "އިންޓަރެކްޓިވް ސެޝަންތަކެއް" ބޭއްވި ކަމަށެވެ. އޭގެ ތެރޭގައި ކަނޑުގެ މާހައުލީ ނިޒާމްތަކާއި، އެނިޒާމްތަކުގައިވާ ދިރުންތަކާއި، މެރިކަލްޗަރކުރުމުގެ މަޢުލޫމާތު އެކުވެރި މަޖާ މާހައުލެއްގެ ތެރެއިންވަނީ ފޯރުކޮށްދެވިފައެވެ.
މިފަދަ ޕްރޮގްރާމްތައް ބޭއްވުމުގެ މަޤްޞަދަކީ، ސްކޫލް ކުދިންނަށް ޅައުމުރުގައި ކަނޑުގެ ދިރުންތަކުގެ މަޢުލޫމާތުދީ، އެދިރުންތަކަށް އަހުލުވެރިކޮށް އެކުދިންގެ ހިތްތަކުގައި ލޯބި ޖެއްސުމެވެ. އަދި، ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ލޯބިކުރާ މުޖުތަމަޢުއެއް ބިނާކުރުމެވެ.
ކުރިޔަށް އޮތް ތަނުގައި ވެސް މިފަދަ ޕްރޮގްރާމްތައް އެހެން ސްކޫލްތަކާ ގުޅިގެން ކުރިޔަށް ގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
advertisment
ހިޔާލު