އައްޑޫ ސިޓީގެ ސްކޫލްތަކަށް ހުޅުވާލައިގެން ބޭއްވި މަޒުމޫންނު ލިޔުމުގެ މުބާރާތުގެ ވަނަތައް ހޯދި ސްކޫލްތަކަށް އިނާމާއި ޓްރޮފީ ހަވާލު ކޮށްފިއެވެ.
ނޮވެމްބަރު ތިންވަނަ ދުވަހު ހުޅުދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވަނަތައް ހޯދި ސްކޫލްތަކަށާއި ދަރިވަރުންނަށް އިނާމް ޙަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.
މި މުބާރާތުގައި އައްޑޫގެ 10 ސްކޫލަކުން ބައިވެރިވެފައިވެއެވެ. މުބާރާތް ބާއްވާފައިވަނީ ދެ ކެޓަގަރީއަށް ބަހާލައިގެންނެވެ. އެއީ ޖޫނިއަރ ކެޓަގަރީއާއި ސީނިއަރ ކެޓަރގަރީއެވެ. ޖޫނިއަރ ގެޓަގަރީގައި ހިމެނެނީ 10 އަހަރުން ދަށް 12 އަހަރުން ދަށް، 14 އަހަރުން ދަށުގެ އުމުރުފުރާއެވެ.
ޖޫނިއަރ ކެޓަގަރީން އެއްވަނަ ހާސިލް ކޮށްފައިވަނީ ފޭދޫ ސްކޫލެވެ. ދެވަނަ ހޯދީ ހިތަދޫ ސްކޫލެވެ. ތިންވަނަ އަށްދިޔައީ މަރަދޫ ފޭދޫ ސްކޫލެވެ.
ސީނިއަރ ކެޓަގަރީގައި ހިމެނިފައިވަނީ 16 އަހަރުން ދަށް އަދި 18 އަހަރުން ދަށުގެ އުމުރުފުރާއެވެ. މި ކެޓަގަރީން އެއްވަނަ ހޯދީ އައްޑޫ ހައިސްކޫލެވެ. ދެވަނަ ހޯދީ އިރުޝާދިއްޔާ ސްކޫލެވެ. ތިންވަނަ ހޯދީ ޝަރަފުއްދީން ސްކޫލެވެ.
advertisment
ހިޔާލު