އަފީފުއްދީން ސްކޫލް ވަށާފާރު ރޭނުމުގެ މަސައްކަތް ޕްލަސް ބީ އާ ޙަވާލުކޮށްފި

ހދ. ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގެ ވަށައިފާރު ނޭރުމުގެ މަސައްކަތް މިއަދު ބަޔަކާ ހަވާލުކޮށްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އެމަސައްކަތް ޙަވާލުކުރެއްވީ ޕްލަސް ބީ އާއެވެ.
އެފަރާތުން އެ މަސައްކަތަށް ހުށަހަޅުއްވާފައިވާ އަގަކީ ހަތަރު ލައްކަ ނުވަދިހަ ނުވަހާސް ނުވަސްތޭކަ ތޭވީސް ރުފިޔާ ހަތަރު ލާރި އެވެ. މަސައްކަތް ނިންމަން ދީފައިވާ މުއްދަތަކީ 45 ދުވަހެވެ. މިމަސައްކަތް އަންނަ ޑިސެމްބަރު މަސްތެރޭ މުޅިން ނިމޭނެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަޙްމަދު ރިޔާޒެވެ. ޕްލަސް ބީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދެވެ.
މިއީ މިއަހަރުގެ ޕީއެސްއައިޕީގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *