ކުދިންގެ މެދުގައި ފަހަށް ރައްކާކުރުމުގެ ޝައުގު ވަރަށްބޮޑު: އުނގޫފާރު ސްކޫލް

އުނގޫފާރު ސްކޫލްގެ ކުދިންގެ މެދުގައި ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމަށް ކުރިއަށް ގެންދަންފެށި ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެ ސްކޫލުން ބުނެފިއެވެ.
ދަރިވަރު ނޫހަށް، އެ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ވިދާޅުވީ ދިރިއުޅުމުގެ އަސާސީ ހުނަރު ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ހަރާކާތްތަކުގެ ނަތީޖާ އެކުދިންގެ ކިބައިން ފެންނަމުންދާ ކަމަށެވެ.

އުނގޫފާރު ސްކޫލުން ވަނީ އެ ސްކޫލްގެ ކުދިންނަށް ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން " ކިޑްސް ސޭވަރ " އެކައުންޓް ހުޅުވާފައެވެ. އަދި ކޮންމެ ކުއްޖަކުވެސް ވަކި ލާރި އެއްކުރުމަށް ޚާއްޞަ ފޮއްޓެއް ގޭގައި ވަނީ ބަހައްޓާފައެވެ.
އެ ސްލޫލްގައި ކުރިއަށް ގެންދާ ބައެއް ހަރަކާތްތަކުގައި ކުދިން އުފައްދާ ތަކެތި ވިއްކައިގެން ލިބޭ ފައިސާ ޖަމާކުރަނީވެސް އެކުއްޖެއްގެ އެކައުންޓަށެވެ.

" ދިރިއުޅުމުގެ އަސާސީ ހުނަރުގެ ތެރެއިން އަޅުގަނޑުމެން ދަސްކޮށް މިދެނީ ފަހަށް ފައިސާ ރައްކާކުރާނެ ގޮތް. އެކުދިންނަށް އެކައުންޓް ހުޅުވަދީފައި، ސްކޫލްގައި ބާއްވާ ފެއަރ ތަކުގައި އެކުދިން އުފްދާ ތަކެތި ވިއްކައިގެން ލިބޭ އެއްޗެއް އެކައުންޓަށް އެބަ ލަން" މުޖްތަބާ ވިދާޅުވިއެވެ.

އުނގޫފާރު ސްކޫލުން ދަނީ ވަޑާމާއި، ފެހުމާއި، ކެއްކުމުގެ ހުނަރު ދަސްކޮށް ދިނުމަށް ޚާއްޞަ ކުލާސްތަކެއްވެސް ހިންގަމުންނެވެ.

ހިޔާލު

ކިޔުންތެރިންގެ ޚިޔާލުތައް

  1. މައްސަލައަކީ ބޮޑުވީމާ ދިރިއުޅުން ދެކޮޅު ޖެހޭވަރުގެ މުސާރަ ނުލިބުން. ފަހަށް ރައްކާކުރެވޭނީ ފުރަތަމަ ދިރއިރުޅުން ހަމަޖައްސާފައެއް ނުން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *