މާލޭގެ ސްކޫލްތަކުން ޖާގަ ދިނުމުގައި އިސްކަންދޭނީ މާލޭގެ ރަށްވެހިންނަށް

މާލޭގެ ސްކޫލްތަކުން ޖާގަ ދިނުމުގައި ފުރަތަމަ ބަލާނީ އެ ސްކޫލެއް ހުރި ސަރަހައްދުގައި ދިރިއުޅޭ މާލޭގައި ރަށްވެހިވެފައިވާ ދަރިވަރުންނަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ވަނީ އަންނަ އަހަރު ސްކޫލްތަަކަށް ކުދިން ވެއްދުމުގައި އިސްކަންދޭނެ ތަރުތީބު ބަޔާންކޮށް މާލޭގެ ސްކޫލްތަކަށް ސަރކިއުލަރއެއް ފޮނުއްވާފައެވެ. އެ ސަރކިއުލާ ބުނާގޮތުން ދަރިވަރު މާލޭގައި ރަށްވެހިވެފައިވާ އެޑްރެހަށް ބަލައި، އެންމެ ކައިރި ސްކޫލަކުން ޖާގަ ހަމަޖައްސައިދޭނެއެވެ.
އަދި ބަދަލުވާން އެދޭ ސްކޫލްގައި އެއްަބަނޑު އެއްބަފާ ދަރިވަރަކު ހުރި ނަމަވެސް ބަދަލުކޮށް ދެވޭނީ އެ ދަރިވަރަކީ އެ ސްކޫލް ހުރި ސަރަހައްދަށް ނިސްބްތްވާ ކުއްޖެއް ނުވަތަ ކުދިންނަށް ވެއްޖެނަމައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ފޮނުވި ސަރކިއުލާގައި ވަނީ ސްކޫލުގައި ކިޔަވައިދޭ ދާއިމީ ޓީޗަރުންގެ އުފަން ދަރިން ނުވަތަ ބެލެނިވެރިކަމުގެ ދަށުގައި ތިބި ކުދިންނަށްވެސް ސްކޫލަށް ވަނުމުގެ ފުރުޞަތު ދީފައެވެ.
މާޅޭގެ ރަށްވެހިންނަށް ޖާގަ ދިނުމަށްފަހު، ބާކީ ހުރި ޖާގަތަކަށް ދަރިވަރުން ހަޖަމަޖައްސާނީ ދަރިވަރުން ދިރިއުޅޭ އެޑްރަހަށް ބަލައިގެން ކަމަށް އެ ސާކިއުލަރގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *