ސްޓާސް އެކަޑަމީ އާއި އެމްއެންޑީއެފް ސަދަން އޭރިއާ ގުޅިގެން ގްރާސް ރޫޓް ލެވެލްގެ ބާސްކެޓްބޯޅަ ޓްރެއިނިންގ ކޭމްޕެއް އައްޑޫގައި ފަށައިފި އެވެ.
މިކޭމްޕް ބޭއްވުމުގެ މަގުސަދަކީ އައްޑޫގައި ބާސްކެޓް ބޯޅައިގެ ފޯރި އަލުން ދިރުވައި، ބާސްކެޓް ބޯޅަ ކުޅޭނެ ކުދިންތަކެއް ބިނާ އުފެއްދުމެވެ. މިކޭމްޕުގައި ބައިވެރިވެފައިވަނީ އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލުގެ ސްކޫލުތަކުގެ 10 އަހާރާއި 12 އަހަރާއި ދެމެދުގެ ކުދިންތަކެވެ. މިކޭމްޕުގައި 105 ކުދިންވަނީ ބައިވެރިވެފައެވެ.
ކޭމްޕުގައި ބޮޑަށް ދަސްކޮށްދެނީ ބާސްކެޓް ބޯޅައިގެ ތެރެއަށް އަލަށް ވަންނަ ކުދިންނަށް ކުޅޭނެ ގޮތްތަކާއި، ބޯޅަ ގެންގުޅުމާއި، އަދި ނޫންވެސް ކުޅިވަރުގެ އާންމު ޤަވާއިދުތަކެވެ.
މި ކޭމްޕް ކުރިއަށްދާނީ މިމަހުގެ 18 އިން 20 އާއި ހަމައަށެވެ. މާލޭގައި ބާސްކެޓް ބޯޅަ ތަމްރީނު ޕްރޮގްރާމްތަކެއް މިހާރުވެސް ހިންގަމުން އަންނަ ސްޓާސް އެކަޑަމީއިން މިއަހަރު ކުޅުދުއްފުށީގައިވެސް ދެ ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
advertisment
ހިޔާލު