މިއަހަރުގެ ބައިނަލް އަޤްވާމީ އަހިންސައިގެ ދުވަސް (ނޮން-ވައިލެންސް ޑޭ) 2019 ފާހަގަ ކުރުމުގެ ގޮތުން މާލެ އާއި، އަތޮޅުތަކުގެ ސްކޫލު މަދަރުސާތަކުގައި ދުވަހާ ގުޅޭ ޚާއްޞަ އެސެމްބްލީއެއް ބާއްވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއާއި މިނިސްޓްރީ އޮފް ހޯމްއެފެއަޒް ގުޅިގެން މިއަދު ސްކޫލުތަކުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ދަރިވަރުންނަށް އަހިންސަ ދުވަހާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މަޢުލޫމާތުތައް ދަރިވަރުން ފޯރުކޮށްދީފައިވަނީ ޕޮލިސް ސްޓޭޝަންތަކުގެ އިސްވެރިންނާއި ޕޮލިސް ސްޓޭޝަންތައް ނެތް ރަށްތަކުގައި ސްކޫލުތަކުގެ އިސްވެރިންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިދުވަސް މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ފަރާތުން ސްކޫލުތަކުގައި ފާހަގަކުރުމުގެ ބޭނުމަކީ މިއަދަކީ އަނިޔާވެރިކަމުން ދުރުވެ އެންމެން ސުލްހަވެރިކަމާއެކު ދިރިއުޅުމަށް ގޮވާލާ ދުވަސްކަމުން ކޮންމެ ކުއްޖެއްގެވެސް އެންމެ މުހިންމު އަމާޒަކަށް ހަދަންވީ އެކުއްޖެއްގެ ފަރުދީ އުފާވެރިކަމާ ހިތްހަމަޖެހުމާއި އެއްވަރަށް އެހެނިހެން ކުދިންގެ އުފަލާ ހިތްހަމަޖެހުމަށް ސަމާލުކަންދީ ސުކޫލްގެ މާހައުލަކި ހިތްހަމަޖެހޭ ސުލްހަވެރިކަމާއެކު ހިނިތުންވެ އުޅޭ މާހައުލަކަށް ހެދުމަށް މަސައްކަތްކުރުން ކަމަށެވެ.
އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ނޮން ވައިލެންސް ޑޭ ނުވަތަ "އަހިންސަ" ދުވަހަކީ ދުނިޔޭގައި އޯގާތެރިކަމާއެކު މީސްތަކުން ގަބޫލުކުރާ ހަމަތަކާ އުސޫލުތަކުގެ ތެރެއިން އެންމެނަށް ސުލްހަވެރި ކަމާއެކު ދިރިއުޅުމަށް ގޮވާލާ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރާ ދުވަހެކެވެ.
advertisment
ހިޔާލު