"މުދައްރިސުންގެ އަޖައިބު ރޭސް" ގެ ނަމުގައި ބާއްވާ މިރޭހުގައި ބައިވެރިވުމުގެ މުއަދަތު އިއްޔެ ހަމަވިއިރު 28 ޓީމަކުން ވަނީ ބައިވެރިވެފައެވެ.
މިއީ ސަދަން ކޮމިޔުނިޓީ އެމްޕަވަރމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްކީމް) އިން އިންތިޒާމް ކޮށްގެން ބާއްވާ މުބާރާތެކެވެ.
މުބާރާތުގައި ބައިވެރިވެފައިވަނީ އައްޑޫސިޓީ އިންނާއި، ފުވައްމުލަކުންނާއި ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ސްކޫލްތަކުންނެވެ. މުދައްރިސުންގެ މެދުގައި ވަރަށްގަދަ ގުޅުމެއް އުފައްދައި އެކުވެރިކަން ބަދަހު ކުރުމަށް ބާއްވާ މިރޭހުގައި އައްޑޫ ސިޓީން 13 ޓީމާއި ފުވައްމުލަކުން 5 ޓީމާއި ހުވަދުއަތޮޅު އުތުރުބުރީން 7 ޓީމާއި ދެކުނުބުރިން 3 ޓީމު ބައިވެރިވެފައިވެއެވެ.
ސްކީމުން ބުނެފައިވަނީ މި ރޭސް ކުރިއަށްދާނީ އެއަތޮޅެއްގެ ޙަރަކާތް އެއަތޮޅެއްގައި ކަމަށެވެ. އެހެންނަމަވެސް ޙަރަކާތް ކުރިއަށްދާނީ އެއްވަގުތެއްގައެވެ.
މިމުބާރާތުގައި ހޮވާނީ އެއްވަނަ ދެވަނަ ތިން ވަނައެވެ. ކޮންމެ އަތޮޅަކުން އެއްވަނަ ހޯދާ ޓީމަކަށް ރާއްޖެއިން ބޭރުގައި ހިންގާ ތަޢުލީމީދާއިރާއާ ގުޅުންހުރި ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދެވޭނެ ކަމަށް ސްކީމުން ބުނެފައިވެއެވެ.
advertisment
ހިޔާލު