އަންނަ އަހަރު ސްކޫލްތަކުގައި ތެރަޕީގެ ޚިދުމަތް ދޭން ފަށަނީ

ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ސްކޫލްތަކުގައި ތެރަޕީގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ތައުލީމާބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމް ފޯރުކޮށްދިނުމުގެ ސިޔާސަތު މުރާޖައާ ކުރުމަށް މިއަދު ފެށި ބައްދަލުވުން ޝަރަފުވެރިކޮށް ދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މިނިސޓަރު ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ އެންމެ ބޮޑު އެދުމަކީ ސްކޫލް ނިމާޒުގެ ތެރެއިން އެކުދިންނަށް ބޭނުންވާ ތެރަޕީ ލިބެންހުރުން ކަމަށެވެ. އެހެންވެ އެކަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ ޚިދުމަތް ފެށިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި، ހުރިހާ ކުދިން ބައިވެރިކޮށްގެން ތައުލީމް ފޯރުކޮށް ދިނުމަށް، ކުރިއަށް އޮތް ފަސް އަހަރަށް އެކްޝަން ޕްލޭނެއް އެކުލަވާލައި، އެފަދަ ކުދިންނަށް ތައުލީމު ދޭނެ ގޮތްތަކެއް ކަނޑައަޅާނެއެވެ.
ތައުލީމާބެހޭ ވަޒީރު ވިދާޅުވީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިން، ތަފާތު ކުރުމެއް ނެތި
ހުރިހާ ކުދިން ޝާމިލްވާ ގޮތަށް ތައުލީމި ދިނުމަށް އެ ވުޒާރާއިން އިސްކަން ދެއްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ދެވޭ ތައުލީމުގެ ފެންވަރު ވަޒަން ކުރުމަށް އެ މިނިސްޓްރީގައި ޚާއްޞަ ޔުނިޓެއް އުފައްދައި، އެ ޔުނިޓްގެ މަސައްކަތް ހިނގަމުންދާ ގޮތް ސީދާ ރައީސުލްޖުމުހޫރިއްޔާ ބައްލަވަމުން ގެންދަވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *