ސްކޫލްތަކުގެ މުދައްރިސުންނަށް ދިވެހި ސައިން ލެންގުއޭޖް ކިޔަވައިދޭން ކޮންސަލްޓެންޓަކު ހޯދަން އެޑިޔުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.
އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައި ވަނީ ސްކޫލްތަކުގެ މުދައްރިސުންގެ އިތުރުން ސްޓޭކްހޯލްޑަރުންނަށް ވެސް ދިވެހި ސައިން ލެންގުއޭޖް ކިޔަވައިދޭނެ ކަމަށެވެ.
ރާއްޖޭގެ ސްކޫލުތަކުގައި އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ 140 ދަރިވަރުން ކިޔަވައެވެ. މަދު ސްކޫލެއްގައި ސައިން ލެންގުއޭޖް ތަރުޖަމާނުން ތިބި ނަމަވެސް ގިނަ ސްކޫލުތަކުގައި، ޚާއްސަކޮށް އަތޮޅުތަކުގެ ސްކޫލުތަކުގައި ތަރުޖަމާކުރުމުގެ ހިދުމަތް ނުލިބެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ކުލާސްރޫމް އުނގެނުމާއި، ސްކޫލުގެ ޙަރަކާތްތަކުގައި ފުރިހަމައަށް ބައިވެރިވުމުގެ ޤާބިލުކަން ވަރަށް ބޮޑަށް ކުޑަވެއެވެ. ކޮންސަލްޓެއްޓެއްގެ އެހީގައި މަސައްކަތް ކުރަނީ ސްކޫލުތަކުގައި މޯލްޑިވިއަން ސައިން ލެންގުއޭޖް (އެމްވީއެސްއެލް) އިންޓަޕްރިޓޭޝަންގެ ހިދުމަތް ފުޅާކުރުމަށެއެވެ. މި ކޮންސަލްޓަންޓަކީ އެމްވީއެސްއެލްގައި ތަޖުރިބާކާރު ޓީޗަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރި އިއުލާނުގައި އެއް ހީރަސްކޮށްފައިވާ ރިކްއެސްޓް ޕްރޮޕޯސަލްގައި ބުނެފައިވެއެވެ.
ދިވެހި ސައިން ލެންގުއޭޖް ކިޔަވައިދިނުމާ ގުޅޭ ކަންތައްތައް ކުރިއަށް ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުގެ 13:00 ކުރިން "ޓަރމްސް އޮފް ރެފަރެންސް" ގައި ބަޔާންކުރާ ލިޔެކިޔުންތައް ހިމެނޭގޮތަށް ޕްރޮޕޯސަލް ހުށައަޅަންޖެހެއެވެ.
advertisment
ހިޔާލު