ޞަލާޙުއްދީން ސްކޫލުގެ ޤުރުޢާން މުބާރާތުގައި މި އަހަރު 628 ދަރިވަރުން

ޞަލާޙުއްދީން ސްކޫލުގެ 2 ވަނަ އަހަރީ ޤުރުޢާން މުބާރާތް ބާއްވައިފިއެވެ. މިދިޔަ މަހު 27 އިން 31ގެ ނިޔަލަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 628 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

5 ދުވަހުގެ މުއްދަތަށް، ހަތަރު ދަންފަޅިއަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ މަޤްޞަދަކީ ޞަލާޙުއްދީން ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ވެސް މު ބާރާތުގައި ބައިވެރިވެ ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުން ކަމަށް ވާތީ، ސްކޫލުން ކަނޑައަޅާފައިވާ މުޤައްރަރަށް ފަރިތަނުވާ ދަރިވަރުންނަށް އެ ދަރިވަރުން ބޭނުންވާ ތަނަކުން (ބަލައިގެން / ނުބަލާ) ކިޔެވުމުގެ ފުރުޞަތު އިޚްތިޔާރީ މުޤައްރަރެއްގެ ގޮތުގައި ވަނީ ފަހިކޮށްދީފައެވެ.

މި މުބާރާތަށް ކަނޑައަޅާފައިވާ މުޤައްރަރުން ކިޔަވާ ބައިން 528 ދަރިވަރުން ބައިވެރިވެފައިވާއިރު، އިޚުތިޔާރީ މުޤައްރަރުން ކިޔަވާބައިން ބައިވެރިވެފައިވަނީ 99 ދަރިވަރުންނެވެ.

މި މުބާރާތުގައި ފނަޑިޔާރުކަންކޮށްދެއްވުމަށް، އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް، ފަނޑިޔާރުންގެ ގޮތުގައި ފޮނުވެވި، ކީރިތިޤުރުޢާނާއި ބެހޭ މަރުކަޒުގެ މުދައްރިސުންނަކީ،:

  1. ނާޝިދާ މުޙައްމަދު (ސީނިއަރ ޓީޗަރ)،
  2. ނާޝިދާ މުޙައްމަދު (ސީނިއަރ ޓީޗަރ)،
  3. އާއިޝަތު މަރީނާ (ޓީޗަރ)
  4. މުޙައްމަދު އަޙުމަދު (ޓީޗަރ)
  5. ޚަދީޖާ ޙުސެއިން (ޓީޗަރ)
  6. ޝާރިޔާ އަޙުމަދު (ޓްރެއިންޑް ޓީޗަރ)

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *