ފުރަތަމަ ޓާމުގެ ޗުއްޓީގައި ލިބުނު ހަތް ދުވަހު، ޖަލާލުއްދީނުގެ ގާލްގައިޑްގެ "ޔަންގ ލީޑަރސް" ނުކުތީ ކުޅުދުއްފުށީގައި އަލަށް ހުޅުވި ޕަބްލިކް ލައިބްރަރީގައި ދަރުމައަށް މަސައްކަތް ކުރާށެވެ. އެކަމުގައި އެ ސްކޫލުގެ 18 ދަރިވަރުން ބައިވެރިވިއެވެ.
އެ ދަރިވަރުން މިހާރު ކިޔަވަމުން ގެންދަނީ ޖަލާލުއްދީނުގެ ގުރޭޑް 11 އަދި 12ގައެވެ.
ޖަލާލުއްދީނުން ބުނީ، ޗުއްޓީއާ ދިމާކޮށް ލައިބްރަރީގައި މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށް ދިނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހިންގަމުން ގެންދާ ޕަބްލިކް ލައިބްރަރީން ކަމަށެވެ.
" ދަރުމައަށް މަސައްކަތް ކުރުމުގެ ފުރުޞަތު ލައިބްރަރީން ފަހިކޮށް ދިނީމާ ދަރިވަރުން އޭގެ ބޭނުން ހިފީ" ޕްރިންސިޕަލް އާމިނަތު މުޙައްމަދު ވިދާޅުވިއެވެ.
ދަރިވަރުން ކުރި މައިގަނޑު މަސައްކަތަކީ ލައިބްރަރީއަށް އަލަށް ލިބުނު ފޮތްތަކުގައި ސެލޯފިން ލައްވައި ދިނުމެވެ. ދަރިވަރުން ކުރި މަސައްކަތުގެ އަގުޒަންކޮށް އެ ލައިބްރަރީން ވަނީ ޝުކުރު އަދާކޮށްފައެވެ.
ހިޔާލު